ކޮންމެ އަހަރަކު ރޯދަ މަހު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 15 ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
ގޯދިއްޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަހަރުގެ މުބާރާތް ބާއްވަނީ މުބާރާތް ރީބްރޭންޑްކޮށް ކުރިން ކިޔަމުން އައި "ގޯދިއްޔާ ރޯދަ ފުޓްސަލް ހިތްވަރު" ގޯދިއްޔާ ފުޓްސަލް ކަޕްއަށް ބަދަލު ކުރުމަށް ފަހު އެވެ.
"އަޅުގަނޑުމެންގެ މުބާރާތް މިފަހަރު ކުރިއަށް މިގެންދަނީ މުބާރާތުގެ ނަން ބަދަލުކޮށް ޗެމްޕިއަން ޓީމަށް 50،000ރ. ގެ ފައިސާގެ އިނާމަކާ އެކު،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިއަދުގެ މުބާރާތުގައި ވެސް ޓީމުތަކަށް ފުރުސަތު ދީފައިވަނީ ޓީމްތައް ސީޑްކުރުމަށްފަހު ބާކީ ހުރި ޖާގަތަކަށް ގުރުލައިގެންނެވެ.
ގޯދިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 2500 ރުފިޔާއެވެ.
ޖުމްލަ 20 ޓީމަކަށް ފުރުސަތު ލިބޭ މި މުބާރާތުގެ މިދިޔަ އަހަރުގެ ވެސް މެއިން ސްޕޮންސާއަކީ އެސްޓީއޯގެ ކުރުގާ ކޮފީއެވެ. ކޯސްޕޮންސާއަކީ ކޮލާ ޕަވަ ސިސްޓަމްއެވެ. ޓްރެވެލް ޕާޓްނާއަކީ ފްލައިމީއެވެ. އަދި ޓެލެކޮމް ޕާޓްނާ އަކީ ދިރާގެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމަކީ ފޭދޫ އެފްވައިސީ އެވެ.