Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކިމް/ޓްރަމްޕް ސަމިޓް: އުއްމީދީ އެއްބަސްވުމަކާ ދިމާއަށް

ޓްރަމްޕް އާއި ކިމް، ފޮޓޯ: އާރްޓީ،

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިއަދުގެ ބައްދަލު ވުމަށްފަހު ދެ ގައުމުގެ ދެމެދުގައި އުއްމީދީ އެއްބަސްވުންތަކެއް ގާއިމް ކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ ކަޕެއްލާ ހޮޓަލުގައި މިއަދު ހެނދުނު ޓްރަމްޕް އާއި ކިމް އެކުގައި ކުރިޔަ ގެންދިޔަ 45 މިނިޓްގެ ބައްދަލުވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ބައްދަލުވުން އެއްވެސް ބަޔަކު ހީނުކުރާ ވަރުގެ ކުރިއެރުން ލިބިއްޖެކަމަށާއި، އެއްބަސްވުމަކާއި ހަމައަށް އާދެވިއްޖެކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ އެއްބަސްވުމުގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި ގުޅޭ އެއްބަސްވުމުން ހިމެނެއެވެ.

މުޅި ދުނިޔެ އިންތިޒާރު ކުރި މި ބައްދަލުވުން ފެށިގެން ގޮސްފައިވަނީވެސް ވަރަށް އުއްމީދީ މަންޒަރަކާއިއެކުއެވެ. އެމެރިކާ އަދި ކޮރެއާއާއި ދެމެދު އުފެދިފައިވާ ޒަމާންވީ ނުތަނަވަސްކަން އެއް ފަރާތްކޮށް، ކަޕެއްލާ ހޮޓަލުގެ ބެލްކަނީގައި ދެ ލީޑަރުން ސަލާމް ކުރެއްވީ ހިނިތުން ވުމާއިއެކުއެވެ.

އެހެންވެ ސަމިޓު ނިމިގެންދާނީ ދުނިޔޭގެ ސުލްހައަށް ފިނިކަމެއް ލިބިގެންކަމަށް ބައެއް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.