Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ކަނޑިއަކުން މީހަކު ޒަހަމްކޮށްލި ބަޔަކު ހައްޔަރުކޮށްފި

ލ. ގަން/މަތިމަރަދޫގައި ރޭ ކަނޑިން ޖަހާ ޒުވާނަކު ޒަހަމްކޮށްލި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން މާރާމާތީ ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި 28 އަހަރާއި 29 އަހަރުގެ ދެމީހަކު ހައްޔަރުކޮށް ތަހްގީގު ކުރަމުން އަންނަކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑިން ޖަހައި ޒުވާނަކު ޒަހަމްކޮށްލާފައިވަނީ ރޭ ދަންވަރުއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ދަންވަރު 12 ޖެހިފަހުން ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ ޒުވާނާގެ އަރިކަށިން ބޮޑުތަނެއް ވަނީ ޒަހަމްވެފައެވެ.