ރިޕޯޓް

ރޯދަ ރަހަ: ސްޕައިސީ އެގްސް

* ބޭނުންވާނެ ތަކެތި:

2 ބިސް
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 މިރުސް (ކޮށާފައި)
15 ގްރާމް ބަޓަރު
25 ގްރާމް ބެލް ޕެޕާ (ރަތް ކުލަ، ހަނި ދިގަށް ކޮށާފައި)
2 ލޮނުމެދު (ޗިސްކޮށްފައި)
1/3 ސައިސަމުސާ މުގުރި މިރުސް
ލޮނުކޮޅެއް، އަސޭމިރުސް ކޮޅެއް، ފެން ފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

ތެއްޔެއްގައި ބަޓަރުކޮޅު ދިޔާކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފިޔާކޮޅު އަޅައި ހަނާކޮށްލާށެެވެ. އެއަށް ފަހު ލޮނުމެދު ކޮޅާއި ރެޑް ޕެޕާ އަޅާލުމަށް ފަހު ދެތިން މިނެޓް ވަންދެން ހަނާކޮށްލާށެެވެ.
ދެން މުގުރި މިރުހާއި ރޯ މިރުސް، ދެ މޭޒުމަތީ ސަމުސާ ފެން އަޅާ ބޮކި ޖަހަންދެން ކައްކާށެވެ. ކެކެން ފެށުމުން ބިހުގެ ގޮބޮޅި ނުފެޅޭނެހެން ބިސްތަޅާފައި އަޅާށެވެ. އޭގެ މައްޗަށް ލޮނާއި އަސޭމިރުސް އަޅާށެވެ.