Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ޝީޝާ އަށް 13 މިލިއަން ދައްކަން ހުކުމްކޮށްފި

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސައިކަލްގެ ވިޔަފާރި ކުރަމުން އަންނަ ޝީޝާ ކުންފުނީގެ ތިން ބެއިން ސްޓޭޓް ބޭންކް އޮފް އޮންޑިއާގައި ހުޅުވާފައިވާ އެކައުންޓުން ގެއްލުނު 18 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި ހުރި 13.5 މިލިއަން ރުފިޔާ ޝީޝާއަށް ދެއްކުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ސުޕުރީމް ކޯޓުގައި ބޭއްވި ޝަރިއަތުގައި އެކޯޓުން ވަނީ ޝީޝާގެ އެކައުންޓުން ގެއްލުނު ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ އެކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓާއި، ހައިކޯޓުން ކުރި ހުކުމަށް ތާއިދުކޮށްފައެވެ.

ސިވިލް ކޯޓާއި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ވަގު ޑޮކިއުމްނެޓްތަކެއް ހުށަހަޅައިގެން މަކަރާއި ހީލަތުން ޝީޝާގެ ތިން ބެއިންގެ ފައިސާ ނެގުމުގައި އެސްބީއައިގެ އިހުމާލު އޮތްކަމަށެވެ.

އެގޮތުން ހައިކޯޓުގައި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ކަމުގެ އެކްސްޕާޓުން ޝަރީއަތަށް ހާޒިރުކޮށް އެ މީހުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ކަމާ ގުޅޭ ލިޔުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހުއެވެ.

މި މައްސަލަ ޝީޝާގެ ފަރާތުން ސުޕުރީމް ކޯޓަށް ހުށަހަޅާފައިވަނީ 2016 ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެސްބީގައި ޝީޝާގެ ތިންބެއިން ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިންނެވެ.