Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޖޭޕީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފި

ޖުމްހުރީ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ ދިދަ އާއި އެއްގޮތްކަމެއް ހުރި ކަމެއް ބުނެ އިލްޝަނުން ވަނީ މިދިޔަ އަހަރު ޖޫން މަހު ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މަނާކޮށްފައެވެ.

އިލެކްޝަން ކަމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށް އަކުން އިލެކްޝަނަށް ހުށަހެޅުމުން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ޖޭޕީން އަދި އެޕާޓީގެ އާ ލޯގޯ އާއި ދިދަ އާއްމުކޮށްފައި ނުވެއެވެ.