Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ޑްރަގް ލޯޑް "ލަ ބާބީ" 49 އަހަރަށް ޖަލަށް

ޑްރަގް ލޯރޑް އެޑްގަރ ވަލްޑޭޒް ވިލަރެއަލް " ލަ ބާރބީ" މެކްސިކޯ ފުލުހުން ހައްޔަރުކޮށްފައި. ފޮޓޯ : ގެޓީ އިމެޖަސް

އެމެރިކާއަށް އުފަން ޑްރަގް ލޯޑް އެޑްގަ ވަލްޑޭޒް ވިލަރެއަލް މަޝްހޫރުނަމުންނަމަ "ލަ ބާރބީ" 49 އަހަރަށް ޖަލަށް ލުމާއި އެކު 192 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އެމެރިކާއަށް ކޮކެއިން އެތެރެކުރުމުގެ ކުށާއި، މަނީ ލޯންޑަރު ކުރިކަމަށް އެނާ ވަނީ ކޯޓުގައި އިއުތިރާފުވެސް ވެފައެވެ.

"ލަ ބާރބީ" ވަނީ 2004 އާއި 2006 ދެމެދު އެތައް ހާސް ކިލޯގެ ކޮކެއިން އެމެރިކާއަށް އެތެރެކޮށްފައެވެ.

މީނާ އަކީ ފުރާވަރު އުމުރުއްސުރެ މަސްތުވާތަކެއްޗާއި މިފަދަ ނޭއްގާނީ އަމަލުތަކަށް ވަދެފައިވާ މީހެކެވެ. އެމެރިކާގައި އުޅުމަށްފަހު މިނާވަނީ މެކްސިކޯއަށް ބަދަލުވެ މަޝްހޫރު ޑްރަގް ލޯރޑް އެލް ޗާޕޯ ގޫޒްމަންގެ ހަށިފާރަވެރި އަކަށް ވެސް އުޅެފައެވެ.

މެކްސިކޯގެ އިދާރާ ތަކުންވަނީ އެނާ 2010 ވަނަ އަހަރު ހައްޔަރުކޮށް 2015 ވަނަ އަހަރު އޭނާ އެމެރިކާ ސަރުކާރާއި ހަވާލުކޮށް ފޮނުވާލާފައެވެ.