Last Updated: April 18, 10:18
Thursday, April 18, 2024
ޚަބަރު

ދެ ފަނޑިޔާރުންގެ މައްސަލަ ސުޕުރީމް ކޯޓަށް

ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ފަނޑިޔާރުންނަށް ނުފޫޒުވި މައްސަލާގައި ހައި ކޯޓުން އެ ދެ ފަނޑިޔާރުންނަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ.

މި މައްސަލާގެ އިތުރުން ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ވަނީ ކޮށްފަ އެވެ. އެ ހުކުމަށް ވެސް ހައިކޯޓުން ތާއިދުކޮށްފައިވާއިރު އަދި މައްސަލަ ސުޕްރީމް ކޯޓަށް ނުވައްދަ އެވެ.