Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ލ. އަތޮޅަށް ލޮޅުމެއްގެ އަސަރުކޮށްފި

ލ. އަތޮޅު - ފޮޓޯ: ކެޕިޓަލްޓްރެވެލް

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއްގެ އަސަރުކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ލ. އަތޮޅުގެ ގަމާއި ކައްދު އާއި މާންދޫ އަދި ފޮނަދޫއަށް ގުޑުމެއް އަސަރުކޮށްފައިވާ ކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ލ. އަތޮޅުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ލޮޅުމުގެ އަސަރު ދެފަހަރެއްގެ މަތިން ކޮށްފައިވާ ކަމަށެވެ.

މެޓު އޮފީހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ބިން ހެލުމެއްކަމަށް ނުބެލެވޭކަމަށެވެ. ނަމަވެސް އެއީ ބިންގަޑަށް އެރި ކުޑަ ލޮޅުމެއްކަމަށްވެދާނެ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ހަމަ މި ފަދަ ލޮޅުމެއް އަރައިފަ އެވެ.