Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފިތުރު ޒަކާތް ދޫކުރާ ތަންތަނާއި ގަޑިތައް މިއޮތީ

ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު، އައްޑޫގައި ފިތުރު ޒަކާތް ބަލައި ގަންނަ ތަންތަނާއި ގަޑިތައް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އައްޑޫގައި ފިތުރު ޒަކާތް ބެހުން މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެ އެވެ.

މިއަދު އައްޑޫގައިި ޒަކާތް ދޫކުރުން ކުރިއަށް ދާނީ ރޭގަނޑު 8:30-10:30 އަށެވެ.

ހިތަދޫގައި ފިތުރު ޒަކާތް ދޫކުރުން ކުރިއަށް ދާނީ އައްޑޫ ހައި ސްކޫލްގަ އެވެ. މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންނަށް ފިތުރު ޒަކާތް ދޫކުރުން އޮންނާނީ މަރަދޫ ލިންކް ރޯޑްގައި ހުންނަ ތަދުރީސުލް ޤުރުއާން ކުލާހުގަ އެވެ.

ފޭދޫގައި ޒަކާތް ދޫކުރަނީ ފޭދޫ ލިންކް ރޯޑްގައި ހުންނަ ހައުސިން މިނިސްޓްރީގެ ޔުނިޓްގަ އެވެ.

ހުޅުދޫގައި ފިތުރު ޒަކާތް ނަސްރިއްޔާ ޕްރީ ސްކޫލްގައި ކުރިއަށް ގެންދާ އިރު، މީދޫގައި ކުރިއަށް ދާނީ މީދޫ އަވަށު އޮފީހުގަ އެވެ.

މާދަމާ ފިތުރު ޒަކާތް ދޫކުރުން ކުރިއަށް ދާނީ ހެނދުނު 10:30-3:00 އަދި ރޭގަނޑު 8:30-10:30 އަށެވެ.