ޚަބަރު

16،294 ފަޤީރުން އެބަތިބި

ރާއްޖޭގައި ފިތުރު ޒަކާތުން ފައިސާ ލިބުމަށް އެދޭ 16،294 ފަޤީރުން އެބަތިބި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުން މިއަހަރު ފަގީރުންގެ ގޮތުގައި 12،995 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި އަތޮޅުތަކުން ރަޖިސްޓްރީކޮށްފައިވަނީ 13،063 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި މާލެ އިން މިއަހަރު ފަގީރުންގެ ގޮތުގައި 3299 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު މާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ 3142 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 157 މީހުން އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދެއްކި މި އަދަދުތަކާއެކު މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓްރީ ވެފައިވަނީ 16،205 މީހުންނެވެ. މިއަހަރު އެ އަދަދު ވަނީ 16،294 އަށް އިތުރުވެފައެވެ.