ޚަބަރު

އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް

ޝައްވާލުމަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާ އަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި 15 ޖޫން ވާ ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމަށް ފަހު ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން އިއްވި ބަޔާނުގައި ބުނީ، ޝައްވާލު މަހުގެ ހުޅެވި ހަނދު މިރޭ އިރުއޮއްސުނު އިރު ރާއްޖެއަށް ނުފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.

އެހެން ކަމުން މާދަމާ، 14 ޖޫން ވާ ބުދަ ދުވަހަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި އީދު ދުވަހަކީ މި ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ވެސް ހަނދު ކޮމިޓީ އިން އިއްވި ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނީ އެންމެހާ ދިވެހިންނަށް ފިތުރު އީދުގެ ތަހުނިޔާ ދަންނަވާ ކަމަށާއި ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ސަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.