Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އައްޑޫގައި ސްކައި ޑައިވިން ޕްރޮގްރާމެއް ބާއްވަނީ

އައްޑޫ ސިޓީގައި ސްކައި ޑައިވިން ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.

ސްކައި ޑައިވިންގް ޓީމަކުން އިންތިޒާމުގެން "އެސްޑީކިއު ޕެރެޑައިސް ބޫގީ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް އިންތިޒާމު ކުރަނީ ސްކައި ޑައިވް ޤަތަރު އާއި ސްކައި ގައިސް މޯލްޑިވްސް ގުޅިގެންނެވެ.

ސްކައި ޑައިވް ޤަތަރުން ބުނި ގޮތުގައި، މި ހަރަކާތަކީ އާންމުންނަށާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ސްކައިޑައިވް ކުރާ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

އެގޮތުން އަންނަ މަހުގެ 10-30 އަށް ކުރިއަށް ގެންދާ ހަމަޖެހިފައިވާ ސްކައި ޑައިވިން ޕްރޮގްރާމްގައި އެއާޕޯޓް އޮންނަ ގަމާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓުގެ ގޮނޑުދޮށަށް ސްކައި ޑައިވް ކުރަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.

ސްކައި ޑައިވް ޤަތަރުން ވަނީ މި ހަރަކާތުގައި ބައިވެރިވެ، އެމީހުންނާ އެކު ސްކައިޑައިވް ކުރެވޭނެ އަގުތަށް ވެސް ވަނީ ހިމަނައިފަ އެވެ.

އެގޮތުން ސިންގަލް ޖަމްޕެއްގެ ރިޒަވޭޝަނަށް ނަގާނީ 33 ޑޮލަރެވެ. އަދި ޕެކެޖެއްގެ ގޮތުގައި ކުރިއަށް ގެންދާ 10 ސޯލޯ ޖަމްޕް ރިޒަވޭޝަނަށް ނަގާނީ 300 ޑޮލަރެވެ.

އެގޮތުން ސްކައިޑައިވް ކުރުމަށް ބޭނުންވާ ސާމާން ކުއްޔަށް ދޫކުރާނެ އެވެ. އަދި ޕްރޮފެޝަނަލް ސްކައިޑައިވަރުންނާ އެކު ސްކައި ޑަައިވް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

މީގެ ކުރިން ވެސް އައްޑޫގައި ދެ ފަހަރެއްގެ މަތިން ސްކައން ޑައިވިން ޕްރޮގްރާމަތަކެއް ބޭއްވި އެވެ.