Last Updated: May 3, 13:49
Friday, May 3, 2024
މުނިފޫހިފިލުވުން

"އޭކް ވިލަން" ގެ ދެވަނަ ބައެއް ހަދަނީ

ސިދާރު މަލްއުތުރާ އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު ކާމިޔާބު ފިލްމް "އޭކް ވިލަން" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

މި ފިލްމަކީ 2014 ގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓް ކުރި ފިލްމެކެވެ. ބޮކްސް އޮފީހުގައި ވަރަށް ހިނގި މި ފިލްމްގެ މުހިއްމު ރޯލެއް ރިތޭޝް ދޭޝްމުކް ވެސް ކުޅުނެވެ.

މޯހިތު ދާދި ފަހުން ބުނި ގޮތުގައި އާ ސްކްރީން ރައިޓަރަކާ އެކު، "އޭކް ވިލަން 2" ލިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ފުރަތަމަ ބައި ލިޔުނީ ތުޝާރް ހިރާނަންދާނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ވެސް ފިލްމްގެ ބަތަލުގެ ރޯލުން ސިދާތު ފެންނާނެ އެވެ. "އޭކް ވިލަން" ގައި ޝްރަދާގެ ކެރެކްޓާ މަރުވެފައިވާތީ މި ފަަހަރު ފިލްމްގެ ބަތަލާއަކަށް ވެސް ފެންނާނީ އެހެން ތަރިއެކެވެ.

ނަމަވެސް "އޭކް ވިލަން 2" ގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.