ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީގެ އަތްގާތްކޮށްލަ ދޭން ތިބޭ "ކުދިންކޮޅެއް" ކަމަށް ބުނާ ބުނުމަށް މިއޮތީ އިތުރު ހެއްކެވެ.
ކުރިން މެމްބަރުން އެކިއެކި އިވެންޓްތަކަށް ފުއްޕާހަމަށް ވައި އެޅުމާއި ހަދިޔާ އަށް ބަހާ ޗޮކްލެޓްތައް ފަދަ ތަކެތި ބަންދު ކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

މި ފަހަރު މިއޮތީ މާދަމާ ފާހަގަ ކުރާ ފިތުރު އީދުގެ މުނާސަބަތުގައި މެޑަމް ބައްސަވާ އީދު ހަދިޔާތައް "ކުންދިކޮޅު" ޕެކް ކުރާ މަންޒަޒެވެ. މީގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެމްބަރު އަދި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ފިރިކަނލުން މުހައްމަދު ޝާހިދު (ޝާޑް) ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ނަޒަރުގައި މިއީ ފަޚުރެއް ކަމަށް ވިޔަސް ރައްޔިތުން މިކަން ބަލައިގަންނާނެ ހެއްޔެވެ؟ ދާއިރާތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްފަރާތް ކުރުމަށް ފަހު މަޖިލިސް މެންބަރުން ހަދިޔާ ބަންދުކުރައްވާ ހިސާބަށް ދިއުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ.
Loaibbaa kulunaa eku Raees Yaameen aa Madam Fathun ge Eid Hadhiyaa thayyaaru vanee! ? pic.twitter.com/8H4ZEZ9BO8
— Yamin Rasheed (@YaminRasheed) June 13, 2018
މަޖިލީހުގެ ޖަލްސާތައް ނުބާއްވައި، މަޖިލިސް ސަރުކާރުގެ މުށުތެރެއަށް ލައިގެން އުޅޭ އިރު، މި ތިއްބެވި މެމްބަރުން އެންމެ އިސްކަމެއް ދެއްވަނީ ހަދިޔާ ބަންދުކުރުމަށެވެ. މެޑަމް ފާތުންގެ ރުހުން ހޯއްދެވުމަށެވެ.
އެއީ ވެސް މެންބަރުން މަޖިލީހަށް އިންތިޚާބު ކުރި ދާއިރާތަކުގެ ރައްޔިތުންގެ އިހްސާސްތަކުގައި ކޮޅުފައިން ޖަހާފައެވެ.

މިގޮތުގައި މެންބަރުން އަމަލުކުރަމުން ގެންދާއިރު އެބޭފުޅުންނާއި ރައްޔިތުން ކޮށްލަން ބޭނުންވާ ސުވާލަކީ މިއެވެ.
ބޮޑު މުސާރަ ނަންގަވައިގެން ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް، މެޑަމްގެ އަތްގާތްކޮށްލަ ދޭން މެމްބަރުން މި ތިއްބަނީ ކޮން ފަދަ މަޖުބޫރު ކަމެއް އޮވެގެން ހެއްޔެވެ؟
އެ މަޖުބޫރުކަމެއް ވިދާޅުވުމަށް ފަހު ޗޮކްލެޓު ބަންދުކުރުމުގެ މަސައްކަތުގައި އުޅުއްވާށެވެ.