Last Updated: June 11, 20:32
Thursday, June 11, 2026
ކުޅިވަރު

ޕްރިމިއާ ލީގް ފަށާނީ އާސެނަލާއި ސިޓީ

އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޝެޑިއުލް އިއުލާން ކޮށްފިއެވެ.

އޮގަސްޓު މަހު ފެށޭ ޕްރިމިއާ ލީގު އާސީޒަނުގެ ފުރަތަމަ މެޗުގައި ފެނިގެންދާނީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަދި އާސެނަލްގެ ކުރިމަތިލުމެކެވެ. އާސެނަލްގެ އާ ކޯޗު، އުނައި އެމްރީގެ ފުރަތަމަ މެޗު ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު އޭނާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެލްސީއާ ދެކޮޅަށެވެ.

ޕްރިމިއާ ލީގު ފުރަތަމަ މެޗްވީކުގައި އިތުރަށް ހުރި މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑު ލެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވާދަކުރާއިރު ޓޮޓެންހަމް ނިކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.

ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ވޫލްވްސް ފުރަތަމަ މެޗުގައި ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ފުލަމް އަދި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނިކުންނައިރު އަލަށް ޕްރޮމޯޓްވި ތިންވަނަ ޓީމް، ކާޑިފް ކުޅޭނީ ބޯންމައުތާއެވެ.

އިތުރަށް ހުރި މެޗުތަކަށް ބަލާލާއިރު ޗެލްސީ އާއި ހަޑަސްފީލްޑުގެ ކުރިމަތިލުމެއް ފެނިގެންދާނެ އިރު ސަދަމްޕްޓަން ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ. އަދި ވަޓްފޯޑާ ބްރައިޓަންގެ ކުރިމަތިލުމެއް ވެސް މިފަހަރުގެ ފުރަތަމަ މެޗްވީކްގައި ފެނިގެން ދާނެއެވެ.