Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިންތިހާބުގެ މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސާ އިންތިހާބުގައި މޮނިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ނޫސްވެރިންނަށް މޮނިޓަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ން ބުނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15 އާ ހަމައަށް މޮނިޓަރަކަށްވުމަށް އެދޭ ފޯމް ދޫކުރާނެ އެވެ.

މޮނިޓަރަކަށްވުމުގެ ފުރުސަތު ދެނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނަށެވެ.

މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހަޅާނީ މާލެ އިން ނަމަ، އީސީ އަށް އަދި އަތޮޅު ނުވަތަ ސިޓީއަކުން ނަމަ، އެ އަތޮޅެއް ނުވަތަ ސިޓީއެއްގައި ގާއިމުކޮށްފައިވާ އަތޮޅު/ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު/އަވަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ.

އީސީން ބުނީ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރު ކުރުމަށް ފާސް ދޫކުރާނީ ބަހައްޓާ ވޯޓް ފޮށީގެ އަދަދަށް ވުރެ 10 ޕަސަންޓަށް އިތުރު ނުވާ ގޮތަށެވެ. އަދި އެ ޢަދަދަށް ވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެ ކަމަށް ބުންޏެވެ.

އިންތިޚާބަށް ކާޑު ދޫކުރުމަށް ފަހު، ކާޑު ގެއްލިގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ އަލުން ކާޑެއް ހަދައި ދޭނީ 95ރ. ގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށް ފަހު ކަމަށް އީސީން ބުންޏެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ.