Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވިލާގެ ރަށްތަކުގެ މައްސަލާގައި އަދީބަށް ދައުވާ ކުރަނީ

ވިލާއަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ އެގްރިމެންޓުތަކުގައި ބޮޑެތި ލުއިތަކެއް ގާނޫނާއި ހިލާފަށް ދީފައިވާކަމަށް ބުނެ އެމައްސަލާގައި ކުރީގެ ޓުރިޒަމް މިނިސްޓަރ އަދި ނައިބް ރައީސް އަހުމަދު އަދީބުއަށް ދައުވާ ކުރަން އޭސީސީން ނިންމައިފިއެވެ.

އެސީސީން އަދީބުގެ މައްޗަށް ދައުވާ ކުރަން ނިންމި އިރު ސުޕުރީމް ކޯޓުން ވަނީ ވިލާގެ ރަށްތައް އަތުލައި އެގްރިމެންޓް ބާޠިލް ކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފައެވެ.

އޭސީސީން ވިލާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ އެ އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ބައިވެރިވެވަޑައިގެން ނޫފޫޒު ބޭނުން ކުރައްވައި ބޮޑެތި ލުއިތަކެއ ދީފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެހެން ބަޔަކަށް ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށެވެ.

ވިލާ މައްސަލާގައި އޭސީސީން އަދީބުގެ މައްޗަށް ދައުވާ ކުރަން ނިންމި އިރު މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.