Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

"އީދުގެ ފާހަގަ ކުރަން ވާނީ އިސްލާމީ އުޞޫލުތަކަށް"

ބަރަކާތްތެރި ފިތުރު ޢީދު ދުވަހުގެ އުފާ ފާޅު ކުރާ އިރު ހުރިހާ އެންމެން ވެސް އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކަށް ތަބަޢަވެ އެކަން ކަމަށް ރައްކާތެރިވާން ޖެހޭނެ ކަމުގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ މަތިވެރި ނަމޫނާއެއް ކަމަށެވެ.

އަދި ޢީދުގެ އުފާ ފާޅުކުރާއިރު، ތިބި ނިކަމެތި މުސްލިމުންގެ ހިތްދަތި ޙާލާމެދު ހަމްދަރުދީވެ، އެޙާލުން ނަޖާކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި އިބްތިހާލުވެ، ދުޢާ ދެންނެވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޔާބުގައި ވިދާޅުވެފައިވެއެވެ.