Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމްއެންޔޫގެ ތިންވަނަ ޕީއެޗްޑީ ޕްރޮގްރާމަށް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެލޭޝިއާގެ މެނޭޖްމަންޓް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އާ ގުޅިގެން ކުރިއަށް ގެންދާ ތިންވަނަ ޕީއެޗްޑީ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެންޔޫއިން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ.

އެމްއެންޔޫއިން ވަނީ ޕިއެޗްޑީ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވާ ހޯމަ ދުވަހުން ފެށިގެން ޖުލައި 19 އަށް ހުޅުވާލާފައެވެ.
ޕީއެޗްޑީ ޕްރޮގްރާމްގައި 11 ދާއިރާއަކުން ރިސާޗު ކުރެވޭނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އެގޮތުން ރިސާޗް ކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އިންޓަނޭޝަނަލް ބިޒްނަސް، އީ ކޮމާސް، ސްޓްރެޓެޖިކް މެނޭޖްމަންޓް އެންޑް ގްލޯބަލައިޒޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް، މާކެޓިން އެންޑް ސޯޝަލް މީޑިއާ، މަލްޓިމީޑިއާ ޓެކްނޮލޮޖީ، ބިޒްނަސް ކޮމްޕިއުޓިން، އިސްލާމިން ބޭންކިން އެންޑް ފައިނޭންސް، ލޯ އަދި އެޑިއުކޭޝަން ހިމެނެ އެވެ.

އެމްއެންޔޫ ކުރިޔަށް ގެންދާ ޕީއެޗްޑީ ޕްރޮގްރާމަށް އަހަރަކު ޓިއުޝަން ފީގެ ގޮތުގައި 13،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ޔނުވާސިޓީއިން މައުލޫމާތުދެއެވެ.

އެމްއެންޔޫއިން އެމްއެސްޔޫއާ ގުޅިގެން މިދިޔަ އަހަރު ފަށާފައިވާ މި ޕީއެޗްޑީ ޕްރޮގްރާމަކީ ބިޒްނަސްގެ ދާއިރާއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި މިހާރުވެސް 31 ދަރިވަރަކު ދަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ.