Last Updated: April 19, 11:00
Friday, April 19, 2024
މުނިފޫހިފިލުވުން

މިރޭ "މީ ލޯތްބަކީ" އާއި "ހެޕީ ބާތުޑޭ"

އީދު ހަދިޔާގެ ގޮތުގައި ޑާކް ރެއިން އެންޓަޓައިންމަންޓުން މިރޭ ދެ ޗެނެލަކުން އެ ސްޓޫޑިއޯގެ ކާމިޔާބު ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެެވެ.

އެގޮތުން އައިސް ޓީވީން މިރޭ 10:00 ގައި މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން "މީ ލޯތްބަކީ" ގެނެސްދޭ އިރު، ސަން ޓީވީން ހަމަ އެ ގަޑީގައި 2009 ގެ ފިލްމް "ހެޕީ ބާތުޑޭ" ދައްކާނެ އެވެ.

"މީ ލޯތްބަކީ" އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. އާ ތަރިންތަކެއް ވެސް ފިލްމީ ދާއިރާ އަށް ނެރުނު އަދި ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒަ އެެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ ލީޑް ރޯލް ކުޅުނު "ހެޕީ ބާތުޑޭ" އަކީ ތުރިލާއެކެވެ. މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ އެވޯޑްގެ ގޮތުން ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ވެސް ޑާކް ރެއިންގެ ފިލްމެއް އައިސް ޓީވީން ބެލުންތެރިންނަށް ގެނެސް ދިނެވެ. އެއީ 2014 ގައި ރިލީޒް ކުރި "ހުޅުދާން" އެވެ.