Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އައިޔޫއެމުން މި މަހު ފަށާ ކޯސްތަކަށް މުއްދަތު އިތުރުކޮށްފި

އައިޔޫއެމްގެ ދަރިވަރުން - ފޮޓޯ: އަވަސް

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މި މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަަމަށް އައިޔޫއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ސެމިސްޓާގައި 56 ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށް ވެސް އެ ޔުނިވާސިޓީއިން ބުނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެ ޔުނިވާސިޓީގައި ފަށާ މާސްޓާސް އޮފް ޓީޗިން އެންޑް ލާނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެތްފިކެޓް އިން އިސްލާމިކް ފައިނޭންސް ހިމެނޭ ކަމަށް އިސްލާމިކް އައިޔޫއެމްއިން ބުންޏެވެ.

އޭގެ އިތުރަށް އެ ޔުނިވާސިޓީއިން ކުރިޔަށް ގެންދާ ޤިރާއަތު ކޯސް ލެެވެލް 1،2 އަދި ތިނެއްގެ ކޯސްތައް ވެސް ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ ކަމަށް ވެސް އައިޔޫއެމް އިން ބުނެފައިވެއެވެ.

އިސްލާމިން ޔުނިވާސިޓީ އިން ދަނީ އިސްލާމިކް ފައިނޭންސާއި ޝަރީއާ އެންޑް ލޯ އާއި އެޑިއުކޭޝަން، ލީޑާޝިޕް، ގުރުއާން، އިސްލާމިކް ސްޓަޑީސް އަދި އަރަބި ބަހުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކޯސްތައް ހިންގަމުންނެވެ.

އައިޔޫއެމްގައި ގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމް ޙާސިލް ކުރަމުންދެއެވެ. ފެންވަރު ރަނގަޅު ތައުލީމެއް ދެމުންދާ މި ޔުނިވާސިޓީއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން ފާހަގަ ކުރެވެއެވެ.