Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

ޕީޕީއެމްއަށް މެމްބަރުން ހޯދުމުގެ ހަރަކާތެއް ހިތަދޫގައި ބާއްވައިފި

ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ރޭ ހިތަދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގައި މެމްބަރުންތަކެއް ސޮއި ކުރަނީ. ފޮޓޯ: ކިއުންތެރިއެއް

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް މެމްބަރުން ހޯދުމުގެ ހަރަކާތެއް ރޭ ހިތަދޫގައި ބާއްވައިފިއެވެ.

ހިތަދޫ ޕީޕީއެމް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރޭ ހިތަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ ޕިޕީއެމްގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ކުރެއްވި އިލްތިމާސްއެއްގެ މަތިން ޕާޓީގެ ކޮންމެ މެމްބަރަކަށް ދެ މެމްބަރުން އިތުރުކުރުމަށް ހިންގުނު ހަރަކާތެކެެވެ.

ޕީޕީއެމް އިން ބުނީ ރޭ އެޕަޓީން ކުރިއަށް ގެންދިޔަ ހަރަކާތުގައި ޕާޓީގެ 350 މެމްބަރުން ބައިވެރިވެ، 70 އަށް ވުރެ ގިނަ މީހުން ރޭ ޕާޓީއަށް ވެއްދި ކަމަށެވެ.

ރޭ ޕާޓީއަށް މީހުން އިތުރު ކުރުމުގެ ހަރަކާތް ގެންގޮސްފައިވަނީ ބިރިޔާނީ ކެއުމަކާއި އެކުއެވެ.

ޕީޕީއެމް އިން ބުނީ މިރޭ ވެސް އޭގެ އިތުރު ހަފްލާއެއް މަރަދޫފޭދޫގައި ކުރިއަށް ގެންދާނެކަމަށެވެ.