Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

ރޮނާލްޑޯ 2 އަހަރަށް ޖަލަށް

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނަލްޑޯ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ސްޕެއިންގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރޮނާލްޑޯގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ، ޓެކްސް އަށް މަކަރު ހެދި ކަމަށް އޭނާ އިޢުތިރާފް ވުމުންނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ވަނީ 18.8 މިލިއަން ޔޫރޯ ސްޕެއިންގެ ޓެކްސް އިދާރާއަށް ދެއްކުމަށް އެއްބަސްވެފައެވެ.

ޖަލު ހުކުމެއް އިއްވިޔަސް ސްޕެއިންގެ ޤާނޫނުތައް ބުނާގޮތުން ރޮނާލްޑޯ ޖަލަށް ދާކަށް ނުޖެހޭނެއެވެ. އެއީ މީގެ ކުރިން އޭނާ ޖިނާޢީ އެއްވެސް ކުށެއް ކުރިކަން ސާބިތުވެފައި ނުވާތީއެވެ.