"ރަސްރަނި ވިންޓަ ޕާކް" ރޭ ހުޅުވައިފި އެވެ.
މި ޕާކް ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.
ރަސްރަނި "ވިންޓަ ޕާކް" ހުޅުއްވައި ދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ ވިންޓަ ޕާކް ބައްލަވާލައްވައިފަ އެވެ.
މިއީ މީހުން ވަރަށް ޝައުގުވެރި ވާނެ ފަދަ ގޮތަކަށް ހެދިފައިވާ ތަނަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރާ ތަނެކެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީ އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންގަކާއި، ސްނޯ ސްލައިޑެއް ހިމެނޭ ގޮތަށެވެ. މިޕާކް ފަރުމާ ކުރުމުގައި ޔޫރަޕްގެ ތަޖުރިބާކާރުން ބައިވެރިވި އެވެ.
ރަސްރަނި "ވިންޓަރ ޕާކް" ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިރޭ ވަނީ މިޕާކް ބައްލަވާލައްވާފަ އެވެ. ޕާކް ހުޅުވުމުގެ މިރަސްމިއްޔާތުގައި ވިންޓަ ޕާކް ތެރޭގައި އައިސް ސްކޭޓިން އާއި، ސްނޯގެ އެކިއެކި ހަރަކާތްތައް ދައްކާލާފައިވެ އެވެ.
ރަސްރަނި ވިންޓާ ޕާކަކީ މާލޭގައި މިގޮތަށް ހުޅުވި ފުރަތަމަ ޕާކެވެ. ވިންޓަ ތީމް ޕާކް ހިންގަން ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑައިމަންޑް ވިންގްސްއާ އެވެ.
އެހެންކަމުން ތަނުގެ މެއިންޓެނަންސް އަށް ހޭދަކުރާނީ ވެސް އެ ކުންފުނިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.