އިންޑިއާގެ ރައްޔިތަކު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެވަޑައިގެންފައިވާ ވައުދެއް ފުއްދާފައި ނުވާތީ އެކަން ހަނދާންކޮށް ދޭން 1،350 ކިލޯމީޓަރު (838 މޭލު) އަށް ހިނގާފައި މޯދީއާ ބައްދަލު ކުރަމަށް ދަތުރު ކުރަން ފަށައިފި އެވެ.
މުތްކިކާންތް ބިސްވަލް ނަމަކަށް ކިޔާ މި ފިރިހެން މިހާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ދިއުމަށް ދަތުރު ފަށާފައި ވަނީ އޮރިއްސާ އިންނެވެ.
ހުޅަނގު މޫސުމުގެ ގަދަ ހޫނުގައި އޭނަ މި ދަތުރު ފެށީ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. ރާސްތާ ފުރިހަމަ ކުރުމަށް 218 ކިލޯ މީޓަރައަށް ވެފައިވަނިކޮށް ބިސްވަލްގެ ހާލު ދެރަވެގެން ވަނީ އާގްރާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ވެސް ކޮށްފަ އެވެ.
ބިސްވަލް ބުނެފައި ވަނީ އޭނާގެ މަގްސަދަކީ އޭނާ ދިރިއުޅޭ ސްޓޭޓް ކަމަށްވާ އޮރިއްސާގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 2015 ވަނަ އަހަރު މޯދީ ވެފައިވާ ވައުދު ހަނދާންކޮށް ދިނުމެވެ.
މޯދީ ވެފައިވާ ވައުދުގައި އޭނާ ވަނީ އޮރިއްސާގެ ސްޓޭޓް ހޮސްޕިޓަލް، ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭއައިއިއެމްއެސް) އާ އެއް ފެންވަރަކަށް ތަރައްގީކޮށް ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ދިގު ރާސްތާއަކަށް ފަހު ބިސްވަލްގެ އުންމީދަކީ މޯދީ އޭނާއާ ބައްދަލު ކުރުމެވެ.
"އަޅުގަނޑަކަށް ނޭނގޭ ބޮޑުވަޒީރު އަޅުނޑާއި ބައްދަލު ކުރާނެ ކަމެއް. ބައްދަލުނުކޮށްފި ނަމަ އަޅުގަނޑު ދެން ދާނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް،" ބިސްވަލް ބީބީސީ އަށް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން މޯދީ އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާއެގެ އިދިކޮޅު ކޮންގްރެސް ޕާޓީ ލީޑަރު ރާހުލް ގާންދީ ވަނީ ޓުވީޓެއްކޮށްފަ އެވެ.
The PM promised Rourkela a multi speciality hospital three years ago. Now, Muktikant Biswal has walked 1,300 Km to Delhi because the PM hasn’t kept his promise & people are dying.
I assure Mr Biswal: the people of India & the Congress party will keep the PM’s promise for him. https://t.co/1fFFPeDCIB
— Rahul Gandhi (@RahulGandhi) June 17, 2018
އެ ޓްވީޓުގައި އޭނާ ވަނީ މޯދީ އަށް ފާޑު ވިދާޅުވެ އަދި މޯދީ ވެވަޑައިގެންފައިވާ ވައުދު، ބިސްވަލް އަށް ފުރިހަމަކޮށް ދޭނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
ބިސްވަލް އަށް ދިއްލީ އަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ މި ހަފުތާގެ ފަހުކޮޅު އެވެ.