Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރޯދަ ރަހަ: ޗިކެން ސޫޕް

* ބޭނުންވާ ތަކެތި:

900 ގްރާމް ބޯންލެސް ކުކުޅު (ބޮޑެތިކޮށް ކޮށާފައި)
4 ކެރެޓް
2 ލީކްސް
1 ފިޔާ (ހަތަރު ފަޅިއަށް ފަޅާފައި)
8 ތަށި ފެން
ޕާސްލޭ ފަތް
ލޮނާއި އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެން އަޅާފައި އޭގެ ތެރެއަށް ފޮތިކޮށްފައި ހުރި ކެރެޓު އަދި އެއް ލީކްސް އެޅުމަށް ފައު އޭގެ ތެރެއަށް ކުކުޅާއި ލޮނު އަދި އަސޭމިރުސް އެޅުމަށް ފަހު ކައްކަން އުދާށެވެ. ކުކުލު ކޮޅު ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ.

ކެކުމުން ކުކުޅު ކޮޅު ނަގައި، ހިހޫ ކުރަން ބަހައްޓާށެވެ. ދެން ތަރުކާރީ ކޮޅު ނެގުމަށްފަހު، ސޫޕު ކޮޅު ތެލީގައި ބަހައްޓާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބާކީ ހުރި ތަރުކާރީ ކޮޅު ކޮށާލާށެވެ. އެއަށް ފަހު 10 ވަރަކަށް މިނެޓު ކައްކައިލާށެވެ.

ކުކުޅު ކޮޅު ހިހޫ ވުމުން، ކުދިކޮށް ކޮށުމަށް ފަހު ސޫޕް ގަނޑުގެ ތެރެއަށް އަޅައި ކުޑަ އިރުކޮޅަކު ކައްކާލާށެވެ. އޭރުން ޗިކަން ސޫޕް ތައްޔާރުކޮށް ނިމުނީ އެވެ.