Last Updated: April 26, 06:25
Friday, April 26, 2024
ރިޕޯޓް

އަނެއްކާ ވެސް މެސީ ރިޓަޔާކޮށްފާނެ؟

އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުންގެ މެދުގައި އެ ދެކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ކޮބައިކަން ކަނޑައެޅުމުގެ ބަހުސް ކުރިއަށްދާތާ އެތައް އަހަރެއް ވެއްޖެއެވެ. މެސީގެ ސަޕޯޓަރުންގެ ނަޒަރުގައި އެންމެ މޮޅީ މެސީއެވެ. ރޮނާލްޑޯގެ ސަޕޯޓަރުން ދެކޭ ގޮތުގައި ރޮނާލްޑޯ ވަރުގެ ކުޅުންތެރިޔަކު ނެތެވެ.

މިފަދަ ގޮތަކަށް ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ ދެކެމުން އަންނައިރު ރޮނާލްޑޯ އާއި މެސީ ކުރެން ކުޅުންތެރިޔަކަށް ދަށްކޮށް ކުޅެވޭ ކޮންމެ ފަހަރަކު ފާޑުކިޔުންތައް އަމާޒުވެއެވެ.

ފީފާ ވޯލްޑްކަޕްގައި ސްޕެއިން އާއި ދެކޮޅަށް ރޮނާލްޑޯ ހެޓްރިކް ހަދާފައި ވަނިކޮށް މިއަދު އާޖެންޓީނާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗްގައި މެސީ އަތުން ޕެނަލްޓީ އެއް ނާކާމިޔާބު ވެފައެވެ.

މީގެ ކުރިން މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވުމުން އާޖެންޓީނާގެ ޓީމުން ރިޓަޔަރ ކުރުމަށް ނިންމާފައިވާތީ ރޮނާލްޑޯގެ ސަޕޯޓަރުން މިވަނީ އެކަމާއި ގުޅުވައި މެސީ އާއި ދިމާކޮށްލާފައެވެ.

އެގޮތުން ރޮނާލްޑޯގެ ސަޕޯޓަރުން ދަނީ މިރޭ އައިސްލޭންޑް އަތުން މޮޅު ނުވެނީ މެސީއަށް ޕެނަލްޓީ ނާކާމިޔާބު ވުުމުން ކަމަށާއި އެހެންވެ މެސީ ރިޓަޔާ ކުރާނެތޯ ސުވާލުކުރަން ފަށާފައެވެ.

2017 ވަނަ އަހަރު ކޮޕާ އެމެރިކާގެ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވި މެޗަށްފަހު މެސީ ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ފަހު ބުނެފައި ވަނީ އެގޮތަށް ނިންމީ ޖެހިޖެހިގެން ބޮޑު ހަތަރު މުބާރާތުގެ ފައިނަލުގައި ނާކާމިޔާބުވުމުގެ ހިތްދަތި ކަމުގައި ކަމަށެވެ.

އެހެން ނަމަވެސް ފަހުން ވަނީ އެނބުރި ގައުމީ ޓީމާ ގުޅިފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާ އާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެހެން ނަމަވެސް އާޖެންޓީނާ އާއި އެކު މެސީ އަށް ތައްޓެއް ހޯދިފައެއް ނުވެއެވެ.