Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މަސްރޭހުން މޮޅުވި މަލަހިނި އަށް 300،000ރ. ގެ އިނާމް

އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަށް އިނާމު ދޭން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އުރީދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސް ރޭސް ކަމަށްވާ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ޗެމްޕިއަން ޓީމަކަށް މަލަހިނި ރިސޯޓުގެ ޓީމް ހޮވިއްޖެ އެވެ.

އޫރިދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި ވާދަކޮށް، މުބާރާތް ކާމިޔާބުކުރި ޓީމް މަލަހިނި އަށް ލިބުނު އިނާމްތަކުގެ ތެރޭގައި 175،000ރ. ގެ ގެ މަހަށްދާ ލޯންޗަކާއި 150،000ރ. އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވާގެ އިންޖީނެެއް ހިމެނެ އެވެ.

ރޯދަ މަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސް ރޭހުގެ ދެވަނަ އަށް މި އަހަރު އައިސްފައި ވަނީ މިލައިދޫން ބައިވެރިވި ޓީމެވެ. އަދި ތިން ވަނަ ލިބުނީ އެންޒީގެ ޓީމަށެވެ.

މި މުބާރާތުގެ މިފަހަރުގެ އެންމެ ތަފާތު މާކެޔޮޅަށް ހޮވުނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނަ އެއް ބޭނި، ޓީމް މި ލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އަދި އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ، 10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ މުހައްމަދު އެވެ. އެ ދެ މީހުންނަށް އިނާމެއްގެ ގޮތުން އުރީދޫން 5،000ރ. ދިނެވެ.

އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ މި އަހަރުގެ މަޝްރޭސް ދިޔައީ ވަރަށް މަޖާ އަދި ފޯރިގަދަ މުބާރަތަކަށް ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތުގައިވެސް މި ޓީމްތަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.