Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މީގެކުރިން ބޭއްވި ހަވާ އެރުވުމުގެ ތެރެއިން - ފޮޓޯ: ވީނިއުސް

މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ ރަސްފަންނު ޕާކުގައި ހަވާ އަރުވަން ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ކަމަށާއި، ހަވާ އަރުވާނީ މިނެޓް ވަންދެން ކަމަށެވެ.

މީގެ އިތުރުން މިރޭ މާލޭގައި ހަވާ އަރުވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

މިއީ އެމްއެންޑީއެފުން އިންތިޒާމު ކުރާ ހަރަކާތެއް ނޫން ކަމަށާއި މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމު ކުރާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ބައެއް ހަފުލާތައް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ދަނީ ހަވާ އަރުވަމުންނެވެ. އެންމެ ފަހުން މާލޭގައި ހަވާ އަރުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރަސްފަންނު ޕެވިލިއަން ހުޅުވި ރަސްމިއްޔާތުގަ އެވެ.