Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

ޓައިގާގެ "ރާމްބޯ" 2020 ގައި

ޓައިގާ ޝްރޮފް ރާމްބޯގެ ރޯލް ކުޅޭ ފިލްމް "ރާމްބޯ" 2020 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމް އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރު ރިލީޒް ކުރާ ގޮތަށެވެ. ނަމަވެސް ޓައިގާ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމާއި ފިލްމަށް ހަށިގަނޑު ވަރަށް ބޮޑަށް ވަރުގަދަ ކުރަން ޖެހޭތީ ފިލްމް ފަސްކޮށްލީ އެވެ.

މިހާރު "ރާމްބޯ" ރިލީޒް ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު، 2، 2020 ގަ އެވެ.
،
މި ފިލްމް ޑައިރެކްޓް ކުރާނީ "ބޭންގް ބޭންގް" ގެނެސް ދިން ސިދާތު އާނަންދު އެވެ. އެކަމަކު ފިލްމްގެ ކުރިން އޭނާ ޑައިރެކްޓް ކުރާ އެހެން ފިލްމަކުން ޓައިގާ ފެންނާނެ އެވެ.

އެެއީ ރިތިކް ރޯޝަނާއި ވާނީ ކަޕޫރާ އެކު ކުޅޭ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) ގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަކުންނެނެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.

"ރާމްބޯ" އަކީ ހޮލީވުޑްގެ ތަރި ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ" ގެ ރިމެކިންއެކެވެ.

މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި "ބާގީ 2" އަށް ފަހު ޓައިގާ މިހާރު އަންނަނީ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމް ރިލީޒް ކުރާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ގަ އެވެ.