Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

މެކްސިކޯ އިން ޖަރުމަން ބަލިކޮށްފި

ފީފާ ވޯލްޑްކަޕް 2018 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި މެކްސިކޯ ބައްދަލުކުރި މެޗް މެކްސިކޯ އިން ކާމިޔާބުކޮށްފިއެވެ.

ފުރިބާރުވެފައި އޮތް މޮސްކޯގެ ލުޒިނީކީ ސްޓޭޑިއަމްގައި އަށްޑިހަ އެއްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗް މެކްސިކޯ އިން ކާމިޔާބު ކުރީ 0-1 އިންނެވެ.

މިމެޗްގައި މެކްސިކޯ އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފްގެ 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހާވިން ލޮޒާނޯ އެވެ.

މި މެޗުން މެކްސިކޯ މޮޅުވި ނަމަވެސް މުޅި މެޗް ޑޮމިނޭޓްކޮށް މޮޅަށް ކުޅެފައިވަނީ ޖަރުމަނުގެ ޓީމުންނެވެ. އެގޮތުން އެޓީމުން މެކްސިކޯގެ ގޯލަށް ޖުމްލަ 26 ހަމަލާ ފޮނުވާލާފައިވެއެވެ.

އަދި މި ހަމަލާތައް ދިފާޢު ކުރުމުގައި މެކްސިކޯގެ ގޯލު ކީޕަރު ގުއިލާމޯ އޮޗޯއާ ވަނީ ހުނަރުވެރި ކުޅުމެއް ދައްކާފައެވެ.

ޖަރުމަނު އަތުން ލިބުނު މޮޅާއި އެކު މެކްސިކޯ އަށް ވަނީ ގްރޫޕްގެ 1 ވަނަ ލިބިފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސައުތް ކޮރެއާ އާއި ސްވިޑެންއެވެ. އެ ދެޓީމުން އަދި މެޗެއް ނުކުޅެއެވެ.