Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

ބޯކޯ ހަރާމްގެ ޖާނުން ފިދާވުމުގެ ހަމަލާތަކެއްގައި 31 މަރު

ނައިޖިރިއާގެ އަސްކަރިއްޔާގެ އިސް އޮފިސަރު ލޭޓޭނެންޓް ޖެނެރަލް ތުކޫރް ބުރަތައި _ ފޮޓޯ : ގެޓީ އިމޭޖަސް

ނައިޖީރިއާގެ އަސްކަރިއްޔާއިން ހަނގުރާމާއިގެ ސަބަބުން ގެދޮރު ދޫކޮށްފައި ދިޔަ މީހުންނަށް އަނބުރާ ގެއަށް އާދެވޭނެކަމަށް އިއުލާންކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައި އެގައުމުގެ ބޯރނޯ ސްޓޭޓްގައި ޖާނުންފިދާވުމުގެ ދެ ހަމަލާއެއް ދީފި އެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާގޮތުގައި ޖާނުން ފިދާވުމުގެ ދެ ހަމަލާގެ އިތުރުން ބޯރނޯ ސްޓޭޓަށް ރޮކެޓް ހަމަލާތަކެއް ވެސް ވަނީ
ދީފައެވެ.

މި ހަމަލާތަކުގައި ނައިޖީރިޔާގެ 31 މީހަކު މަރުވެފައިވާ ކަމަށް ވެސް ބީބީސީއިން ރިޕޯޓުކުރެއެވެ. މިހަމަލާ އަމާޒުކޮށްފައި ވަނީ ޝުވާރީއާއި އަބަޗާރީގައި ފިތުރު އީދު ފާހަގަ ކުރަން ތިބި މީހުންނަށެވެ.

މިދިޔަ މެއި މަހުން ފެށިގެން ނައިޖީރިއާގެ އަސްކަރިއްޔާއިން ވަނީ ބޯރނޯއާއި ލޭކް ޗެޑް ސަރަހައްދު ހިފުމަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

ހައްދު ފަހަނަޅާފައިވާ ބޮކޯ ހަރާމްގެ ހަނގުރާމަވެރިން ފައްސާލުމަށްފަހު ބޯރނޯއާއި ލޭކް ޗެޑް ސަރަހައްދަށް މީހުން އަނބުރާ އައުމަށް އެންގިތާ ގަޑިއިރު ތަކެއްގެ ތެރޭގައި ދިން ހަމަލާ ތަކުގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ނަގާފައި ނުވެއެވެ.

ނަމަވެސް އޭއެފްޕީއާއި ވާހަކަދައްކަމުން ނައިޖީރިއާގެ އެހެން ހަނގުރާމަވެރި ޖަމާއަތެއްގެ މިހެއްކަމުގައިވާ ބަބަކޫރާ ކޮލޯ ބުނީ އެހަމަލާއަކީ ބޯކޯ ހަރާމްގެ ހަމަލާއެއްކަމަށެވެ. އަދި އެ ހަމަލާތައް ދީފައި ވަނީ ބޯކޯ ހަރާމް މީހުން އާއްމުގޮތެއްގައި ހަމަލާދޭ އުކުޅުތައްބޭނުންކޮށްގެންކަމަށެވެ.