މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ހުޅުމީދޫގައި ގާއިމުކޮށްފައިވާ ލޯ ފެކަލްޓީގެ މައުލޫމާތު ސެޝަނެއް މިރޭ ސ. އަތޮޅު މަދަރަސާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ފެކަލްޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އަންނަ މޭއި މަހު ހުޅުމީދޫގައި ފަށާ ލޯ ކޮލެޖްގެ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ހުޅުމީދޫގައި ތިއްބެވި އޯލެވެލް އަދި އޭ ލެވެލް ނިންމާފައި ތިބި ދަރިވަރުންނާއި ބެލެނިވެރިންނަށް ބާއްވާ ހާއްސަ ބައްދަލުވުމުގައި މޯލްޑިވްސް ލޯ ކޮލެޖުން ފަށާ ކޯސްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދެވޭނެ ކަމަށެވެ.
މޯލްޑިވްސް ލޯ ފެކަލްޓީ ކުރިއަށް ގެންދަނީ ވިލާ ކޮލެޖާއި ގުޅިގެން އެސްޓީއޯ އިން ހުޅުމީދޫގައި ބިނާ ކުރި އިމާރާތުގަ އެވެ.