Last Updated: May 1, 11:45
Thursday, May 1, 2025
ވިޔަފާރި

ހިތަދޫ ބޭންކްގައި އާ ދެ އޭޓީއެމް ބަހައްޓައިފި

ބެންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗްގައި އާ ދެ އޭޓީއެމް މެޝިން ބަހައްޓައި ހިދްމަތްދޭން ފަށައިފިއެވެ.

ބެންކްގެ އިސް އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި އަލަށްް ބެހެއްޓީ "ޑީބޯލްޑް"ގެ ފަހުގެ ދެ މެޝިން ކަމަށެވެ. އޮފިޝަލް ވިދާޅުވީ ކުރިން ހިތަދޫގައި ބަހައްޓާފައި ހުރި ދެ މެޝިން ނެގުމަށް ފަހު ބެހެއްޓި ދެ މެޝިން ކަމަށެވެ.

އަލަށް ބެހެއްޓި މެޝިނުން ކާޑް އެތެރެއަށް ގޮސްގެން ކަސްޓަމަރުންނަށް ދިމާވާ އުދަގުލުން ސަލާމަތްވާނެއެވެ. އަދި މި މެޝިނަކީ ކުރީގެ މެޝިންތަކާއި ހިލާފަށް މައްސަލަތައް ކުޑަ މެޝިންކަމަށް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ މަރަދޫފޭދޫ އަދި ގަމުގައި ހުރި މެޝިންތައް ވެސް ބަދަލު ކުރާނެކަމަށެވެ. ނަމަވެސް ބަދަލު ކުރާނެ ތާރީހެއް ނުބުނެއެވެ.

އައްޑޫގައި ބެންކުން ބަހައްޓާފައި ހުންނަ އޭޓީއެމްތަކަށް ދޭތެރެ ދޭތެރެއިން މައްސަލަތައް ކުރިމަތިވެ ހިދްމަތް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ޝަކުވާ ގިނައެެވެ. ޙާއްސަކޮށް މަސްނިމި މުސާރަ ދޭ ދުވަސްކޮޅު އޭޓީއެމް ތަކަށް ބާރު ބޮޑުވާއިރު ގިނަ ވަގުތު އޭޓީއެމްތަކުން ހިދްމަތް ނުލިބެއެވެ.