ދިވެހި ސިފައިންނާއި އިންޑިއާގެ ނޭވީ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މިއަދު ފެށުނު މި އޮޕަރޭޝަނަކީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ކުރިއަށް ގެންދާ ސަވައިލެންސް ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފުން ބުނެއެެވެ.
މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ ޑޯނިއާ ދެ ބޯޓު ދަނީ ދިވެހި ސިފައިންނާ އެކު ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދާ ސަރަހައްދުތަކާއި، އޮޕަރޭޝަން ކުރިއަށްދާނެ މުއްދަތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
މީގެކުރިން ވެސް ދިވެހި ސިފައިންނާއި އިންޑިއާގެ ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާ ސަރަހައްދުތަކާއި، އޮޕަރޭޝަން ކުރިއަށްދާނެ މުއްދަތު މިވަގުތު ހާމަކުރެވެން ނެތް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ޙަރަކާތް ކުރިޔަށް މި ގެންދެވެނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށް ދިވެހިރާއްޖެއިން އަންގާފައި ވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައވާ ދަނޑިވަޅެއްގައެެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނަމުން ދަނީ ގުޅުން ހީނަރު ވުމުގެ ފަހަތުގައި ވަނީ ދިވެހިރާއްޖެއާއި ޗައިނާގެ ބަދަހިވަމުންދާ ގުޅުން ކަމުގައެވެ.