ހިތަދޫގެ އިތުރު ދެ ސަރަހައްދެއްގައި ބާބަބިއު އޭރިއާ ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ހިތަދޫ މާކިޅި އަދި ކޯހެރަ ސަރަހައްދުގައި ބާބަކިއު އޭރިއާ ހަދަން ހަވާލު ކުރީ މަރަދޫފޭދޫ އެންޖޭ އިންވެސްޓްމަންޓާ އެވެ.
އެއްބަަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެންޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ހަސަން ނަޖުމީ އެވެ.
ހިތަދޫ މެދު ދާއިރާގައި ޕިކްނިކާއި ބާބަކިއު އޭރިއާ ހަދަން ހަވާލުކޮށްފައި ވަނީ އިދްރީސް ޓްރޭޑިންއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ މެއި، 8، 2018 ގަ އެވެ.
އަދި ކައުންސިލުން ވަނީ ފޭދޫގައި ބާބަކިއު އާއި ޕިކްނިކް އޭރިއާ ހަދާނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ މިގޮތަށް ބިންތައް ކައުންސިލުން ހަވާލު ކުރަނީ މިނިސްޓްރީގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.