Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފާރިސްގެ ޝަހުސްގެ ދައުވާގެ އަޑުއެހުމެއް މިއަދު ވެސް

އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މެންދުރު ފަހު 1:30 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

މިއަދު ވެސް ބާއްވަނީ މި މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގައި ފާރިސްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން، ދައުލަތުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން މިއަދު ހެކިބަހަށް ކޯޓަށް ވަޑައެއްނުގަންނަވަ އެވެ.

އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ބަންޑާރަނައިބު މުހައްމަދު އަނިލާއި ޕީޖީ އައިޝަތު ބިޝާމާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް ޕީއެމްގެ ސެކެޓްރީ ޖެނަރަލް ޑރ އަބްދުﷲ ހަލީލް އާއި މެންބަރު އަސްމާ ރަޝީދާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުވެސް ކޯޓަށް ހާޒިޒިވެވަޑައިގެންނެވުމަށް އުޒުރުވެރިވެ ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މިމައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާއި ރިޝްވަތުގެ ދައުވާއާއި ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި އިތުރު ދައުވާތަކެއްވެސް ފާރިސްގެ މައްޗަށް މިހާރުވަނީ ކޮށްފައެވެ.