Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ކިމް އަނެއްކާ ވެސް ޗައިނާ އަށް

ކިމް އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި._ ފޮޓޯ : އޭ އެފް ޕީ

އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން މިއަދުގެ ވަގުތެއްގައި އަނެއްކާ ވެސް ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް ޗައިނާގެ ރަސްމީ ޙަބަރު ފަތުރާ އިދާރާއިން ބުނެފި އެވެ.

ކިމްގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށް ޝިންހުއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ކިމް ޗައިނާ އަށް ވަޑައިގެންނެވުމަށްޓަކައި އެއާ ކޮރެޔޯ ގެ ބޯޓެއް ވެސް ޗައިނާގައި ޖެއްސުމަށް ހަމަޖެހިފައިވާކަމަށް ވެސް ރިޕޯޓް ގައިވެއެވެ.
މިއީ މިދިޔަ މާޗްގެ މަހުން ފައްޓައިގެން ކިމް ޗައިނާއަށް ވަޑައިގަންނަވާ ތިންވަނަ ފަހަރެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ކިމް މި ދަނޑިވަޅުގައި ޗައިނާއާ ބައްދަލު ކުރާ ސަބަބެއް ޔަގީންކޮށް ބުނަން އަދި ދައްޗެވެ.

މި ބައްދަލުވުމާ ބެހޭ މައުލޫމާތު ބައްދަލުވުން ނިމުމުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ.