Last Updated: April 23, 20:38
Tuesday, April 23, 2024
މުނިފޫހިފިލުވުން

އަޔޫޝްމަންގެ އާ ފިލްމްގެ ނަމަކީ "އަންދާދުން"

އަޔޫޝްމާން ކުރާނީ ލޯ އަނދިރި ޕިއާނިސްޓެއްގެ ރޯލް ކުޅޭ ފިލްމްގެ ނަން އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު ޝޫޓިން ފެށި މި ފިލްމްގެ ނަން މިހާތަނަށް އިއުލާން ނުކޮށް ސިއްރުކޮށްފައި އޮތުމަށް ފަހު މިއަދު ވަނީ ފިލްމްގެ ނަން އިއުލާންކޮށްފަ އެވެ.

އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ފިލްމްގެ ނަމަކީ "އަންދާދުން" އެވެ. މީގެ ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ރާދިޕާ އަޕްޓޭ ވެސް ހިމެނެ އެވެ.

"އަންދާދުން" އަކީ 2015 ގައި ރިލީޒް ކުރި ވަރުން ދަވަންގެ "ބަދްލާޕޫރް" އަށް ފަހު ސްރީރާމް ރަގަވަން ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މި ފިލްމްގެ ފަސްޓްލުކް މާދަމާ ދައްކައިލާނެ އެވެ.