އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަން އިއްލާން ކުރައްވައިފިއެވެ.
ފޭސްބުކް ލައިވް މެދުވެރިކޮށް ގާސިމް ވަނީ ޖުމްހުރީ ކޯލިޝަންގެ ކެންޑިޑޭޓައި ރަނިން މޭޓް އަދި ކެބިނެޓްވެސް އިއްލާން ކުރައްވާފައެވެ. އެގޮތުން ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމްއެވެ. ރަނިން މޭޓަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.
ގާސިމްގެ ޖުމްހުރީ ކޯލީޝަން ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ ޖުމްހުރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަށް ތާއިދު ކުރައްވާ ޕީޕީއެމް ފެކްޝަންގެ ބޭފުޅުންނެވެ.
ޖުމްހުރީ ކޯލީޝަން ކެބިނެޓް:
1. ޑިފެންސް މިނިސްޓަރު އަލީ ވަހީދު
2. ބަނޑާރަ ނައިބު ނޫރުއްސަލާމް އަބޫބަކުރު
3. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
4. ފިނޭންސް މިނިސްޓަރު ޑރ.މަހުމޫދު ޝައުގީ
5. ހޯމް މިނިސްޓަރު އަބްދުﷲ ރިޔާޒު
6. ޓުރިޒަމް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް
7. ހައުސިން މިނިސްތަރު ޝެއިހް އިމްރާން އަބްދުﷲ
8. އާޓްސް އެންޑް ކަލްޗަ މިނިސްޓަރު ޔުމްނާ މައުމޫން
9. ކޮމިއުނިކޭޝަންސް އެންޑް ޕްލޭނިން މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް
10. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދު
11. އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު
12. އެޑިއުކޭޝަން މިނިސްޓަރު ޑރ.އާސިމް މުހައްމަދު
13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަހުމަދު އިޔާޒު
14. ހެލްތު މިނިސްޓަރު ޑރ.ޝާހު މާހިރު
15. ޖެންދަ މިނިސްޓަރު ޝިދާތާ ޝަރީފު
16. ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
17. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް
18. ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން
19. ހިއުމަން ރިސޯސް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން
20. އެންވަރަމެންޓު މިނިސްޓަރު މުހައްމަދު ފަޔާޒު
ތަފްސީލް އަންނަނީ….