Last Updated: July 26, 18:11
Sunday, July 26, 2026
ކުޅިވަރު

ނިއުގެ ކޮންޓްރެކްޓް ބާޠިލު ކުރަން ދަގަނޑޭ އެފްއޭއެމަށް

އަލީ އަޝްފާގު، ފޮޓޯ: އަޝްފަގު ފޭސްބުކް ޕޭޖް

ރާއްޖޭގެ މަޝްހޫރު އަދި އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނިއު ރޭޑިއަންޓާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އަށް ހުށަހަޅައިފި އެވެ.

މި ކަމާއި ގުޅޭ ގޮތުން އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުޅުންތެރިޔާގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އެކަމާއި ގުޅޭ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފުޓްބޯޅަ ހަބަރު ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް އަށް ކަށަވަރުވެފައިވާ ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ނިއު އާޢި އެކު ދަގަނޑޭ ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ހުށައަޅާފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް މުސާރަ ދީފައިނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. މި ސީޒަނުގައި ނިއު އަށް ކުޅެދިނުމަށް ދަގަނޑޭ އެއްބަސްވެފައިވަނީ 3 މިލިއަން ދިވެހި ރުފިޔާ އަށެވެ.

ދަގަނޑޭ ގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމަށް ހުށައެޅިއިރު ނިއު އަށް ކުޅެމުން އައި އަފްޣާނިސްތާނުގެ ޑިފެންޑަރ އަމީރީ ވަނީ މުސާރަ ނުދޭ ކަމަށް ބުނެ ޓީމު ދޫކޮށް ފުރައިގެން ގޮސްފަ އެވެ.