Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އެއްވެސް ބަޔަކާ ކޯލިޝަން ނުހަދަން: އަދާލަތު

އަންނަ ރިޔާސީ އިންތިހާބަށް އެއްވެސް ބަޔަކާއި އެކު ކޯލިޝަން ހަދާފައި ނުވާނެކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީ އިން މިހެން ބުނެފައި ވަނީ ޖަރުމަނުގައި މިހާރު ދިރިއުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ފޭސްބުކް ލައިވް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.

އެގޮތުން އެމްޑީޕީ ނުހިމަނާ ޖުމްހޫރީ ޕާޓީން އެކުލަވާލާ ސަރުކާރުގެ މަޤާމުތަކާއި މަޤާމުތަކަށް ހަމަޖައްސަވާނެ ބޭފުޅުން އިއުލާނު ކުރެއްވިއިރު ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެކަމާއި ގުޅިގެން އަދާލަތު ޕާޓީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި އަދާލަތުން އެއްވެސް ބަޔަކާ ކޯލިޝަން ހަދާފައި ނުވާނެ ކަމަށެވެ.

"އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އޭޕީގެ ފަރާތުން އިއުލާން ކުރާނެ"، އަދާލަތުން ކުރި ޓްވީޓްގައި ވެއެވެ.

އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫން ފެކްޝަން އިން ވެސް ޖޭޕީ އާއެކު ކޯލިޝަން ހެދިކަމަށް އިންކާރުކޮށްފަ އެވެ.