Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖޭޕީގެ ނައިބު ރައީސަކަށް ޑރ. މައުސޫމް

ޑރ. ޑރ.އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ކަމަށް ކުރިމަތިލައްވައިފި އެވެ.

ޖޭޕީގެ ނައިބު ރައީސް ކަމަށް މައުސޫމް ކުރިމަތި ލެއްވިކަން އެބޭފުޅާ ހާމަ ކުރައްވާފައިވަނީ ޓްވިޓަ މެދުވެރިކޮށެވެ. ޑރ.މައުސޫމް ވަނީ ޖޭޕީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޖޯޝާއި ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅާއަށް ތާއީދު ކޮށްދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

މީގެ ކުރިން ޑރ.މައުސޫމް ވަނީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައެވެ. މައުސޫމަކީ މިހާރު ވެސް ޖޭޕީގެ ކައުންސިލު މެންބަރެކެވެ.

ޑރ.މައުސޫމް ވަނީ ޓޫރިޒަމް މިނިސްޓަރު ކަމާއި ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑރ.މައުސޫމް ޖޭޕީއާއި ގުޅިވަޑައިގެންނެވުމަށްފަހު ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ޑރ. މައުސޫމް ވަނީ އެމަޤާމުން ސިޔާސީ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހު އިސްތިޢުފާ ދެއްވާފައެވެ.

ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އަލީ ވަޙީދެވެ.