މިވަގުތު ގައުމަށް އެންމެ މުހިއްމީ މަޝްވަރާގެ އުސޫލުން ކަންކަން ނިންމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވަނީ ޖުމްހުރީ ކޯލީޝަނެއް އިއްލާން ކުރައްވައި، ރައީސްކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރިމަތިލައްވާކަން އިއްލާން ކުރައްވައި، އަދާލަތު އަދި މައުމޫން ފެކްޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި އެކު ކެބްނެޓް އިއްލާން ކުރައްވާފައިވަނިކޮށެވެ.
Mashvaraage usoolun kankan ninmumakee qaumuge haalathah mi vaguthu riaayai kuraairu enme mathee maslahathu niyaakuraa gotheve.
— Ali Hussain (@AleeVoice) June 19, 2018
އަލީ ވިދާޅުވީ މަވަގުތަށް ރިޔާއަތް ކުރާއިރު އެންމެ މަތީ މަސްލަހަތު ނިޔާ ކުރާ ގޮތަކީ މަޝްވަރާގެ މަތިން ކަންކަން ނިންމެވުމެވެ.
ގާސިމް ފޭސްބުކް ލައިވް މެދުވެރިކޮށް އިއްޔެ ހަވީރު އިއްލާން ކުރި ކެބިނެޓާއި އެކު ގިނަ ބައެއްގެ ފާޑު ކިއުން ވަނީ ގާސިމްއަށް އަމާޒުވެފައެވެ. އަދި ގާސިމްގެ ކެބިނެޓަށް ގެންނަން ބޭނުންފުޅުވި ބައެއް ބޭފުޅުންވަނީ އެކަން އިއްތިރާޒު ކުރައްވާފައެވެ.