Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވޯޓާސް ލިސްޓްގައި މަރުވެފައިވާ މީހުންގެ ނަންތައް ގިނަ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓް މިހާރު ވަނީ އާއްމު ކޮށްފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އން ބުނާ ގޮތުގައި ލިސްޓް މިހާތަނަށް ބެލި ބެލުމުން މަރުވެފައިވާ 412 މީހެއްގެ ނަން ވޯޓާސް ލިސްޓްގައި އޮތްކަން ވަނީ ފާހަގަ ކުރެވިފައިއެވެ.

ވޯޓާސް ލިސްޓުގައި ހިމެނޭ މައްސަލަތައް ކަމަށް މިހާތަނަށް ފާހަގަ ކުރެވުނު މައްސަލަތައް ކަމަށް ބުނެ އެމްޑީޕީގެ ސެކްރެޓޭރިއެޓުން ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން މަރުވެފައިވާ 412 މީހެއްގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައިވެއެވެ. އދި 18 އަހަރު ނުފުރޭ 1449 ކުއްޖެއްގެ ނަންވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެއެވެ.

ވޯޓާސް ލިސްޓްގައި 76 މީހެއްގެ ނަން ތަކުރާރުވެފައިވާ އިރު 12 މީހެއްގެ ނަން ނެތްކަމަށް ވެސް އެމްޑީޕީގެ ޓްވީޓްގައި ބުނެފައިވެއެވެ.

އެމްޑީޕީން މިރޭ ކުރި ޓްވިޓެއްގައި ބުނެފައިވަނީ މަރުވެފައިވާ 412 މީހެއްގެ ނަން ވޯޓާސް ލިސްޓްގައި އޮތް އިރު 18 އަހަރު ނުފުރޭ 1449 ކުއްޖެއްގެ ނަންވެސް ވޯޓާސް ލިސްޓްގައި ހިމަނާފައިވާ ކަމުގައެވެ. އެޑްރެސް ދިމާނުވާ 6 މީހެއްގެ އިތުރުން ނަން ނުބައިކޮށް ދެމީހެއްގެ އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ވޯޓަރސް ލިސްޓުގައި ހިމަނާފައިވާ 263181 މީހުންގެ ނަމާއި އެޑްރެހާއެކު އެމީހުންގެ އައިޑެންޓިޓީ ކާޑު ނަންބަރު ހިމަނާފައި ނެތްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މި ހުރިހާ ޝަކުވާތަކެއް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ކަމަށްވެސް އެމްޑީޕީން ބުނެއެވެ.