Last Updated: May 5, 18:07
Sunday, May 5, 2024
ޚަބަރު

ޗޭންޖިން ރޫމްތައް އަޅާނެ ބަޔަކު އަލުން ހޯދަނީ

ހިތަދު އާއި މަރަދޫގެ ފަތާ ޓްރެކް ސަރަހައްދުގައި ޗޭންޖިން ރޫމްތަކެއް ހަދާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ ދެ ޓްރެކް ކައިރީގައި ޗޭންޖިން ރޫމް ހަދައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ކައުންސިލުން ބުނީ މި މަސައްކަތްކޮށް ދޭން މި ފަހަރު ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލް އިދާރާ އިން ބިޑް ވިއްކުން ކުރިއަށް ދާނީ މި މަހުގެ 24-28 އަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.

މަރަދު އާއި ހަންކެޑެ ދެމެދު އޮންނަ ކޯޒްވޭ ދިމާލުގައި އަޅާފައިވާ ފަތާ ޓްރެކާި ހިތަދޫ ބަނދަރު ސަރަހައްދުގައި އަޅާފައިވާ ފަތާ ޓްރެކްކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ދެ ތަނެވެ.

ކައުންސިލުން ވަނީ ހުޅުމީދޫގައި ވެސް ފަތާ ޓްރެކެއް އަޅައިފަ އެވެ.