Last Updated: June 6, 09:11
Saturday, June 6, 2026
ކުޅިވަރު

މެޗަށް ފަހު ރެފްރީ ޕެޕޭގެ ޖޯޒީ ހޯދަން އުޅުނު!

ޕެޕޭ އާއި މޮރޮކޯގެ ބެނާޓިއާގެ ދެމެދުގައި އުފެދުނު ހަމަނުޖެހުން ހައްލުކުރުމަށް ދެ ޓީމުގެ ކުޅުންތެރިންނާއި ރެފްރީ މަސައްކަތް ކުރަނީ. ފޮޓޯ: މާސާ

ފީފާ ވޯލްޑްކަޕްގައި ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗު ނިމުމަށް ފަހު އެމެރިކާގެ ރެފްރީ މާކް ގެއިގަރ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭގެ ޖާޒީ ހޯދަން އުޅުނު ކަމަށް ތުހުމަތުކޮށްފިއެވެ.

ރެފްރީގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ މޮރޮކޯގެ ރެފްރީ ނޯދިން އަމްރަބަތެވެ.

މޮރޮކޯގެ ވިންގަރ އަމްރަބަތް ބުނެފައިވަނީ ރެފްރީ ހުރީ ރޮނާލްޑޯގެ ކުޅުމާއި މެދު ވަރަށް ގަޔާވެފައި ކަމަށެވެ.

"ޕެޕޭގެ ފަރާތުން އަހަރެން އަޑުއެހިން ރެފްރީ އޭނާގެ ޖޯޒީ ބޭނުންވެގެން އުޅުނުކަމަށް. އަހަރުމެން މިތިބީ ވޯލްޑްކަޕްގައި. މިއީ ޗަރުކޭހެއް ނޫން." އަމްރަބަތް ބުންޏެވެ.

އަމްރަބަތް މިފަދަ ތުހުމަތުކެއް ރެފްރީގެ މައްޗަށް ކުރި ނަމަވެސް އޭނާ ޕެޕޭގެ ޖޯޒީ ހޯދިކަމަށް އެއްވެސް މީޑިޔާއެއްގައި އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

މަސްދަރު: މާސާ