Last Updated: June 6, 06:06
Saturday, June 6, 2026
ކުޅިވަރު

އާޖެންޓީނާ މެޗް ވަރަށް ފަސޭހަ ވާނެ: ކްރޮއޭޝިޔާ ކޯޗް

ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ސްޓޭޖްގައި މިއަދު އާޖެންޓީނާ އާއި ދެކޮޅަށް ނިކުން މެޗު ކްރޮއޭޝިޔާ އަށް ވަރަށް ފަސޭހަ ވާނެ ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފިއެވެ.

އާޖެންޓީނާ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޑަލިޗް ބުނެފައިވަނީ އާޖެންޓީނާ އަކީ އެންމެ ފަސޭހަ ޓީމު ނޫން ކަމަށް ވިޔަސް މެޗު ފަސޭހަ ވަނީ، އެޓީމަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތުމުން ކަމަށެވެ.

"އަހަރުމެންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް. އަހަރުމެން މި ނިކުންނަނީ އެންމެ މޮޅު އެއް ޓީމާއި ދެކޮޅަށް" ޑަލިޗް ބުންޏެވެ.

ޑަލިޗް އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުން ކްރޮއޭޝިޔާ މޮޅުވާނެ ކަމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެތީ އެޓީމަށް ޕްރެޝަރު ކުޑަވާނެ ކަމަށެވެ.

އާޖެންޓީނާގެ މެޗް ފަސޭހަ ވާނެ ކަމަށް ޑަލިޗް ބުނި ނަމަވެސް އޭނާ އާއި ކްރޮއޭޝިޔާގެ މިޑްފީލަޑަރ ރަކިޓިޗް ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.