Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އައްޑޫ މެރަތަން ފެށެން ހަފުތާއެއް، ތައްޔާރުތަ؟

ކޮންމެ މީހަކުވެސް މިހާރު އަހާ ސުވާލަކީ، "އަވަ ދިވަން، ޔޫ ދިވައި؟ އެވެ. އައްޑޫ މެރަތަން ފަށަން ހަފްތާއަކަށް ވެފައިވާ އިރު ގިނަ ބަޔަކު ދަނީ މި މެރަތަންއަށް ތައްޔާރުވަމުންނެވެ.

މި މަހުގެ 29 ވަނަ ދުވަހު "އައްޑޫ މެރަތަން" ފެށުމަށް ނިންމައި އެންމެ ފަހުގެ ތައްޔާރީތައް އައި ރަނާސްއިން ވަމުންދާއިރު މިފަހަރުގެ މުބާރާތުގައި ބައިނަލް އަގްވާމީ މެރަތަންގައި ދުވެފައިވާ މަޝްހޫރު ދުވުންތެރިންވެސް ފެނިގެންދާނެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ދުވުން ތެރިޔަކީ އެމެރިކާގެ މެރަތަން ދުވުންތެރިޔާ މައިކަލް ވާޑިންއެވެ.

އައި ރަނާސްއިން ބުނީ މިފަހަރުގެ މެރަތަންގައި ރާއްޖޭގެ މަޝްހޫރު ގިނަ ދުވުންތެރިން ބައިވެރިވާނެކަމަށެވެ. އަދި އައްޑޫންވެސް ގިނަ ދުވުންތެރިން ފެނިގެންދާނެއެވެ.

އައްޑޫ މެރަތަން ކާމިޔާބު ކުރާ ދުވުންތެރިއަކަށް 750 ޑޮލަރު ހުށަހަޅާފައިވާއިރު ދެވަނަ ދުންތެރިއަކަށް 400 ޑޮލަރު އަދި ތިންވަނަ ދުވުންތެރިއަކަށް 300 ޑޮލަރުވަނީ ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ހާފް މެރަތަން، 10 ކިލޯ މީޓަރ އަދި 5 ކިލޯ މީޓަރުގެ 1،2،3 އަށް ވެސް ވަނީ ފައިސާގެ އިނާމު ހުށަހަޅާފައެވެ.

މިފަހަރުގެ އައްޑޫ މެރަތަންގެ ޕާޓްނަރުންނަކީ:

ބްރޯންޒު ސްޕޮންސާ: ޝަންގްރިއްލާ ރިސޯޓް އެންޑު ސްޕާ
ބޭންކިން ޕާޓްނާ: ބޭންކު އޮފް މޯލްޑިވްސް
ޑިޖިޓަލް ޕާޓްނާ: އުރީދޫ
ހޮސްޓިން ޕާޓްނާ: އައްޑޫ ސިޓީ ކައުންސިލް
އެކޮމޮޑޭޝަން ޕާޓްނާ: އީކުއޭޓަރ ވިލެޖް
ކިޑްސް ޓްރެއިނިން ޕާޓްނާ: ދިވާ އެކަޑަމީ
މީޑިއާ ޕާޓްނާ: އައްޑޫލައިވް
ޗެރިޓީ ޕާޓްނާ: ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
އިންޓަނޭޝަނަލް ޓްރެވަލް ޕާޓްނާ: ސްރީލަންކަން

އައްޑޫ މެރަތަންގެ ކިޓް ހަވާލު ކުރުމާއި ހެލްތު އެންޑު ފިޓްނެސް އިވެންޓް އޮންނާނީ 27 ވަނަ ދުވަހު ސ. ގަން އީކުއޭޓަރ ވިލެޖްގައިއެވެ.